އަހަރެންގެ ދަރިފުޅު ބްރައިޓް މައިންޑްސް ކުލާސްތަކުގައި ބައިވެރިކުރުވަންވީ ކީއްވެ؟

ފިހާރައަށް ނުގޮސް، ގޭގެ ރައްކާތެރިކަމާއި އަރާމުގައި ހުރެގެން ވައިބަރ މެދުވެރިކޮށް ކަންމަތީ ފިހާރައިން ބޭނުންވާ ހުރިހާ އެއްޗެއް އެބަ ގެނެވެއެވެ. ގެއަށް ބޭނުންވާ ބޮޑެތި ކޭސްކޭހުގެ މުދާ ވެސް ފޯނުގެ އެޕުތައް މެދުވެރިކޮށް އެބަ ގެނެވެއެވެ. ފަސޭހަކަމާ އެކު ލިބިގަނެވޭ ތައުލީމަށް ވެސް އެވަރުގެ އިންގިލާބެއް ވަނީ ގެނެވިފައެވެ. ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ވެސް އޮންލައިން ކުލާސްތަކުގެ އިންގިލާބު އައި އިރުއް ސުރެ ބޮންތީގައި މި ހުރިހައި ދުވަހެއްގައި ހުރީ ބްރައިޓް މައިންޑްސް ޓިއުޝަން ސަރވިސަސް އެވެ. […]