ފިހާރައަށް ނުގޮސް، ގޭގެ ރައްކާތެރިކަމާއި އަރާމުގައި ހުރެގެން ވައިބަރ މެދުވެރިކޮށް ކަންމަތީ ފިހާރައިން ބޭނުންވާ ހުރިހާ އެއްޗެއް އެބަ ގެނެވެއެވެ. ގެއަށް ބޭނުންވާ ބޮޑެތި ކޭސްކޭހުގެ މުދާ ވެސް ފޯނުގެ އެޕުތައް މެދުވެރިކޮށް އެބަ ގެނެވެއެވެ. ފަސޭހަކަމާ އެކު ލިބިގަނެވޭ ތައުލީމަށް ވެސް އެވަރުގެ އިންގިލާބެއް ވަނީ ގެނެވިފައެވެ. ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ވެސް އޮންލައިން ކުލާސްތަކުގެ އިންގިލާބު އައި އިރުއް ސުރެ ބޮންތީގައި މި ހުރިހައި ދުވަހެއްގައި ހުރީ ބްރައިޓް މައިންޑްސް ޓިއުޝަން ސަރވިސަސް އެވެ. ފޯރާ، ފަސޭހަކަމާ އެކު ލިބިގަނެވޭ ތައުލީމު، އެންމެންނަށް ފޯރުކޮށްދޭ ޓިއުޝަން ސަރވިސް އެކެވެ. ތުރާކުނުން ގަމަށް ފޯރުކޮށްދޭ ފުޅާ ޓިއުޝަން ސަރވިސް އެކެވެ. މިވަރުގެ ޓިއުޝަން ކުލާހެއްގައި އަހަރެންގެ ދަރިފުޅު ބައިވެރިކުރުވަންވީ ކީއްވެގެންބާއޭ ހިތަށް އަރައިފާނެއެވެ. މި ލިޔުމުން އެކަން އޮޅުންފިލާނެއެވެ.
ބްރައިޓް މައިންޑްސް ގެ ފަލްސަފާއަކީ ފެންވަރު ރަނގަޅު، ފޯރާ/އަގުހެޔޮ، ފަސޭހައިން ލިބިގަނެވޭ ތައުލީމު އެންމެންނަށް ފޯރުކޮށްދިނުމެވެ.
މުދައްރިސުން ހޮވަނީ ހަމައެކަނި އިއުލާނެއް ކޮށްގެނެއް ނޫނެވެ. އެ މުދައްރިސާ މެދު ކިޔަވައިދޭ ދަރިވަރުންގެ ހިޔާލު ވެސް ހޯދައިގެންނެވެ. އެ މުދައްރިސުން ކުލާސްތައް ނަގައިދޭ ގޮތް ގާތުން ބަލައި، ކުރުންތެރި ފާޑުކިޔުންތަކާ އެކު ފެންވަރު ރަނގަޅުކުރެވޭނެކަމުގެ ވިސްނުން ހުންނާނެކަން ކަށަވަރުކުރުވައިގެންނެވެ. ފެންވަރު ކަށަވަރު ކުރުމަށެވެ.
ފޯރާ އަގެއްގައި މި ކުލާސްތައް ބަހައްޓާ ސަބަބަކީ ގިނަ ކުދީންނަށް މި ކުލާސްތަކުގައި ބައިވެރިވެވޭނޭ ގޮތް ކަށަވަރު ކުރުމަށެވެ. ފެންވަރު ކަށަވަރު ކުރެވޭ ކުލާހަކަށް ވިޔަސް ކޮންމެ ތަނެއްގައި ހުރި ކޮންމެ ދަރިވަރަކަށް ވެސް މި ކުލާސްތަކުގައި ބައިވެރިވުމުގެ ޔަގީންކަން ކަށަވަރު ކުރުމަށް ޓަކައެވެ. ތައުލީމަކީ ވަކި ރަށެއްގެ ކުދީންގެ ހައްގެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ. ތުރާކުނުން ގަމަށް މި ހިދުމަތް ފޯރުކޮށްދެނީ އެހެންވެގެންނެވެ.
ބްރައިޓް މައިންޑްސް ގެ ކުލާސްތައް އޮންލައިންކޮށް ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ ވެސް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތަކަށް ވާތީއެވެ. ފަސޭހަކަމާ އެކު ކުރިއަށް ގެންދިއުމަށް ބޭނުންވާތީއެވެ. ދަރިވަރުންނަށް ފަސޭހަކަމާ އެކު އެންމެންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ބައިވެރިވެވޭނެ ކުލާސްތަކެއްކަން ކަށަވަރުކުރަން ބޭނުންވާތީއެވެ. އެންމެންނަށް ފަސޭހަކަމާއެކު ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާތީއެވެ.
ބްރައިޓް މައިންޑްސްގެ ކުލާސްތައް ކުރިއަށް ދަނީ ކިހިނެއް ހެއްޔެވެ؟
ރަޖިސްޓަރ ކުރުމުން ލޮގިން އާ ޕާސްވޯޑު ލިބޭނެއެވެ. އެ ލޮގިން މެދުވެރިކޮށް ބްރައިޓް މައިންޑްސް ގެ ސްޓޫޑަންޓް ޕޯޓަލް އަށް ވަދެވޭނެއެވެ. އެހިސާބުން އެ ދުވަހެއްގައި އޮތް ކުލާސްތައް ޓައިމްޓޭބަލް އިން ފެންނާނެއެވެ. މުދައްރިސް އަޕްލޯޑުކޮށްފައި ހުންނާނެ މަސައްކަތްތަކާއި ނޯޓުތައް ވެސް މިހާރު ފެންނަން ހުންނާނެއެވެ. ކުލާސް ވަގުތު ކައިރިވުމުން އެ ގަޑި އޮތްކަން އަންގަން މެސެޖެއް ވެސް ދާނެއެވެ.
މި ކުލާސްތަކަކީ ޒޫމް މެދުވެރިކޮށް ނަގައިދޭ ކުލާސްތަކަކަށް ވުމުން ޒޫމް އެޕްލިކޭޝަން އަޅައިފައި ބަހައްޓަންވާނެއެވެ. އަދި ސްކްރީނުގައި މުދައްރިސް ލިޔާ ނޯޓުތައް ނަގަން ފޮތެއް ގެންގުޅުމަކީ ވެސް މުހިންމު ކަމެކެވެ. ދަރިވަރަށް ފަސޭހަ ތަނެއްގައި އިނދެ، ހަމަޖެހިލައިގެން މި ކުލާސްތަކުގައި ބައިވެރިވެވޭނެއެވެ.
ބްރައިޓް މައިންޑްސްގެ ކުލާސްތަކަށް ރަޖިސްޓަރވުމަށް މިހާރު ވަނީ ހުޅުވައިލެވިފައެވެ. ރަޖިސްޓަރކުރުން ފަސްކުރަންވީ ކީއްވެގެން ހެއްޔެވެ؟ ބްރައިޓް މައިންޑްސް ޓިއުޝަން ކުލާސްތަކަކީ ފަސޭހަކަމާއެކު ފެންވަރު ރަނގަޅު، ފޯރާ ކުލާސްތަކަކަށް ވުމުން ތިބާގެ ދަރިފުޅަށް މި ތަޖުރިބާ ކުރުވުމަށް އަވަހަށް ރަޖިސްޓަރ ކުރަމާ ހިނގާށެވެ!